ފައިސަލާ ބޯޓް ފަރަށް އެރުން: ގެއްލުނު މީހާ މަރުވެެފައި އޮއްވާ ފެނިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރި ފައިސަލާ ނަމަކަށް ކިޔާ ބޯޓެެއް ކާށިދޫ ގެ ފަރަށް އަރައި އޭގެ ދަތުރުކުރި އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ އެ މީހާގެ ހަށިގަނޑު ކާށިދޫ ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދޭ ކަމަށެވެ.
މަަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެމްޑީ އަލަމްގިރް އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް