ނޮޅިވަރަމްފަރުން ފުރި ލޯންޗެއް ބަންޑުންޖަހާލައިފި
ހދ.ނޮޅިވަރަމްފަރުން ފުރައިގެން ހދ.ހަނިމާދޫ އަށް ދަތުރުކުރި ލޯންޗެއް، ބަންޑުުން ޖަހާލައި އެލޯންޗް ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި ހދ.ނޮޅިވަރަމްފަރުން ފުރައިގެން އެއަތޮޅުގެ ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފްގެ ނޮދަން އޭރިޔާ އިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 12:55ގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ލޯންޗްގައި ދަތުރުކުރަމުންދިޔައީ ދިހަ މީހުން ކަމަށްވެއެވެ. އޭގެ ތެެރެއިން އެންމެންވެސް މިވަގުތު ވަނީ ހަނިމާދޫއަށް ގެންދެވިފައެވެ.
ނަމަވެސް އެ ލޯންޗުން ދަތުރުކުރި ބައެއް މީހުން ވަނީ ނިޔާވެފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް