މާލެއިން ކަރަންޓު ކެނޑިއްޖެ!
މާލެގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެއެވެ.
މާލެއިން ކަރަންޓް ކެނޑިފައިވަނީ މިރޭ 3:30 ހާއިރުއެވެ. މުޅި މާލެއިން ކަރަންޓު ކެނޑުމުން ކޭބަލްގެ ހިދުމަތާއި، ޓީވީ ގެ ހިދުމަތައްވަނީ ކެނޑިފައެވެ.
ސްޓެލްކޯއިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކަރަންޓު ކެނޑިފައިވަނީ ބައެއް ސަރަހައްދުންތަކުން ކަމަށާއި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންް އަންނަ ކަމަށެވެ.
މާލެއިން ކަރަންޓު ކެނޑިފައިވާ މި ދަނޑިވަޅަކީ މޫސުން ގޯސްވެ ބޯކޮށްވާރޭ ވެހެމުންދާ އިރެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މާލޭގެ ސަރަހައްދު ތަކުގައި ފެންބޮޑުވެ ފެން ހިއްކުމަށް އެމްއެންޑީއެފްއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް