ަމަރުތަކާއި ބެހޭ ކޮމިޝަނުން ސުއޫދު އިސްތިއުފާދެއްވައިިފި
މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އަލްއުސްތާޛު ހުސްނުއްސުއޫދު އިސްތިއުފާދެއްވައިފިއެވެ.
އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ސުއޫދު ކޮމިޝަނުން އިސްތިއުފާދެއްވިކަން އެބޭފުޅާ ވަނީ މީޑިޔާތަަކަށް ކަށަވަރުކޮށްދީފައެވެ.
ސުއޫދުގެ ރިޔާސަތުގައި އެކޮމިޝަނުން ވަނީ ނޫސްވެރިޔާ އަހުމަދު ރިޟްވާން، މަޝްހޫރު މޮޑެލް ރައުދާ އާތިފް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ މަޖިލިސް މެންބަރު ޑރ.އަފްރާޝީމް އަލީ ފަދަ ފަރާތްތަކުގެ މަރުގެ މައްސަލަތައް ތަހުގީގުކޮށްފައެވެ.
ހުސްނުއްސުއޫދު ކޮމިޝަނުން އިސްތިއުފާދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އެބޭފުޅާ އިއްޔެ އައްޔަންކޮށްފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް