ބުދަދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ 12:53 ހާއިރު، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ސައިކަލުގައި އިން 21 އަހަރުގެ ޒުވާނާއަށް ބޮޑެތި އަނިޔާ ތަކެއްވެ އޭނާއަށް އައީ ވެންޓިލޭޓަރ ގައި ފަރުވާ ދެމުންނެވެ.
އެޒުވާނާ ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން މިއަދު ބުނެފައިވެއެވެ.
ބުދަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް ޒުވާނަކު ވަނީ ނިޔާވެފައެވެ. އެ އެކްސިޑެންޓުގައި ނިޔާވީ 23 އަހަރުގެ ޒުވާނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް