އައިއެމްޓީއެމް 2019 އޮންނާނީ ފަރުކޮޅުފުށިީގައި!
ފަތުރުވެރިކަމުގެ ސިނާއަތުގައި ބައިވެރިވާ ފަރާާތްތަކަށް އަމާޒުކޮށްގެން ބާއްވާ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް 2019 (އައިއެމްޓީއެމް 2019) ފަރުކޮޅުފުށީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިމަހުގެ 26 އަދި 27ވަނަ ދުވަހު ބޭއްވޭ މި ޓްރެވަލް މާކެޓް ބާއްވާ މިއީ ދެވަނަ އަހަރެވެ. މިދިޔަ އަހަރުގައި މި އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ އަދާރަން ސެލެކްޓް ހުދުރަންފުށި ރިސޯޓްގައެވެ.
އައިއެމްޓީއެމް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ މި ޓްރެވަލް މާޓްގައި 300އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެކަމަށް އެކުންފުނިން ވަނީ ލަފާކޮށްފައެވެ.
މީގެ ތެރޭގައި ޓުއަރ އޮޕަރޭޓަރުން، ޓްރެވަލް އެޖެންސީތައް، ރިޒޯޓުތައް، ގެސްޓްހައުސްތައް އަދި ލިވަބޯޑްތައް ހިމެނެއެވެ.
މިދިޔަ އަަހަރުގެ ޓްރެވަލް މާކެޓްގައި 2.5މިލިޔަން ރުފިޔާގެ ވިޔަފާރީގެ މުއާމަލާތްތައް ހިނގާފައިވާކަމަށް އައިއެމްޓީއެމްއިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް