ސައުތު ކެޓަރިންގ ގެ މުވައްޒަފުން ތަކަކަށް މުސާރަ ނުދޭ މައްސަލައެއް ބަލަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސައުތު ކެޓަރިންގ ކުންފުނީގެ މުވައްޒަފުންތަކަކަށް ގަވާއިދުން މުސާރަ ނުދޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލަ ބަލަމުން ދަނީ ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓުންނެވެ.
ސައުތު ކެޓަރިންގ ގެ މުވައްޒަފުންތަކަކަށް މުސާރާ ނުދޭތާ ހަމަސްދުވަސް ވެފައިވާ ކަމަށް ބުނެ، އެ މުވައްޒަފުން މިއަދު ވަނީ، އަލިކިލޭގެފާނު މަގުގައި މުޒާހަރާ ކޮށްފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ނަމަވެސް، މައްސަލައިގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް