ރެހެންދި އެވޯޑް 9 ފަރާތަކަށާއި އަމިއްލަ ޖަމްއިއްޔާއަަކަށް!
އަންހެނުންގެ ހައްގުގައި އަދި އަންހެނުންގެ ބާރުވެރިކަމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ރެހެންދި އެވޯޑް މިއަހަރު 9 ފަރާތަކަށާއި އަމިއްލަ ޖަމްއިއްޔާއަކަށް ލިބިއްޖެއެވެ.
މިފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ، މިއަދު ހެނދުނު މާފުށީގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
މިއަދު ރެހެންދި އެވޯޑް ހާސިލްކޮށްފައިވާ ފަރާތްތަކަކީ:
އާމިނަތު މުހައްމަދު: އެކްސެޕްޝަނަލް އިންސްޓިޓިއުޝަނަލް ސާވިސް - އާމިނަތު މުހައްމަދަކީ ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު. މިހާރު ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ
އާއިޝަތު ނާޒިމާ: އިޖުތިމާއީ ދާއިރާ - އެހެންމީހުންނަށް ކުޅިވަރު ދަސްކޮށްދީ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރައްވާފައިވޭ.
މަރިޔަމް ޝިފްޒާން: ނޮން ޓްރެޑިޝަނަލް ރޯލްސް- ރާއްޖޭގައި ހުރި ހަމައެކަނި އަންހެން އެއާ ވާދިނަސް ޓެކްނީޝަން
މުއުމިނާ އާދަމް: އިޖުތިމާއީ ދާއިރާ - ކުޅިވަރު ކުޅުމަށް އަންހެނުން ތަމްރީނު ހިތްވަރުކުރުމުގެ ރޮނގުން
އާއިޝަތު ލޫބާ: އިޖުތިމާއީ ދާއިރާ - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭކަނބަލެއް. ފިޔަވަތީގެ ސްޕެޝަލް ނީޑްސް ކޮންސަލްޓަންޓް
އެމްޕްލޯޔާސް ކެޓެގަރީ: ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)
އާމިނަތު އަޒްކާ އާދިލް: ނަން ޓްރެޑިޗާނަލް ރޯލްސް - ފެތުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ. މި އަހަރު "ބާ ކްރޯލް" ޕްރޮގްރާމްގެ ދަށުން 7 ދުވަސް ތެރޭގައި ބ.އަތޮޅުގެ ހުރިހާ ރަށަކަށް ކަނޑު ހުރަސްކޮށް ފާތާފައި ދިޔަ ހަމައެކަނި އަންހެން ފެތުންތެރިޔާގެ ލަޤަބު ހޯދާފައިވޭ.
އަމީނާ އަލީ ކަލޭފާނު: އިގްތިސޯދީ ދާއިރާ އެމްބޮއިޑަރީގެ މަސައްކަތާއި ފެހުމުގެ މަސައްކަތް ކުރައްވާ ކަނބަލެއް. ސިފައިންނާއި ފުލުހުންނަށް ޔުނިފޯމް ފެހުމާއި ނޭމް ޓެގް ހެދުން ހިމެނޭ.
އާއިޝަތު ޝިރުހާނާ: އިޖުތިމާއީ ދާއިރާ - ޑައިބެޓިކް އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު
ނަސްރީނާ އަލީ: އެކްސެޕްޝަނަޕް އިންސްޓިޓުއުޝަނަލް ސާވިސް ގެ ދާއިރާ - ކެއްކުމުގެ ދާއިރާގައި ކާމިޔާބު ކަނބަލެއް. ދިގަލި މޯލްޑިވްސްގެ ޝުއުސް ޝެފް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް