އިމިގްރޭޝަންގެ ރަސްމީ ގަޑއަށް ބަދަލު ގެނެސްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިމިގްރޭޝަންގެ ރަސްމީ ޚިދުމަތްދޭ ވަގުތައް ބަދަލު ގެނެސްފިއެވެ.
މީގެ ކުރިން އިމިގްރޭޝަނުން ޚިދުމަތް ދެމުންއައީ ހެނދުނު 8:00 އިން ހަވީރު 4:00އަށެވެ.
ނަމަވެސް މިހާރު ވަނީ އެ ވަގުތު ކުރުކޮށް ސިވިލްސާވިސްގެ ރަސްމީ މަސައްކަތު ގަޑިއާ އެއްވަރުކޮށްފައެވެ.
އެކަން ހާމަކޮށް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އިދާރާގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމުގައިވާ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މިއަދުން ފެށިގެން ބަދަލުކޮށްފައުވާ ކަމަށެވެ.
ނަމަވެސް، އެ އިދާރާއިން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް މިހާރުވެސް ދެމުންދާ ގަޑިތަކުގައި، އާންމުންނަށް ލިބޭނެ ކަމަށް ބުނެފައުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް