މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުުޅުވާލައިފި
މި އަހަރުގެ އެޕްރީލްމަހުގެ ހަވަނަ ދުވަހުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލިކަން މިރޭ ވަނީ އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޝަަންގެ އާ ކުލަޔާއި ލޯގޯ އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާއެއްގައި ހާމަކޮށްފައެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މާދަމާއިން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ޑަައުންލޯޑްކުރަން ލިބޭނެކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ.
އަދި މިހާރު ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާއަށް ބަޖެޓުގެ ހުރި ތާށިކަމުގެ ވާހަކަ ދަންނަވާފައިވާނެކަމަށާއި، އެކަމަށް ހައްލެއްް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް