ޖަލުތައް ފުރިފައިވާ މައްސަލަ ވަރަށް އަވަަހަށް ހައްލުކުރާނަން: ކަރެކްޝަންސް
މޯލްޑިވްްސް ކަރެކްޝަންސް ސާރވިސްެގެ ދަށުން ހިންގަމުންދާ ޖަލުތައް ފުރިފައިވާ މައްސަލައަށް ވަރަށް އަވަހަށް ހައްލުވެގެން ދާނެކަމަށް އެފަރާާތުން ބުނެފިއެވެ.
ކަރެކްޝަންސްގެ އޮފިޝަލަކު ވޮއިސްއަށް މައުލޫމާތުދޭ ގޮތުގައި ޖަލުގައި ޖާގައިގެ ދަތިކަން ދިމާވެފައިވަނީ ހުކުމެއް ނުކޮށް ގިނަ މުއްދަތެއް ވަންދެން ރިމާންޑް ޖަލުތަކުގައި ތިބޭ ފަރާތްތައް އިތުރުވުުމުގެ ސަބަބުން ކަމަށެވެ.
އޮފިޝަލް ވަނީ ޖަލުތައް ފުރިފައިވާ މައްސަލަ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހައްލު ކުރެވި އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން އެކަމަށް ދާއިމީ ޙައްލެއް ލިބޭނެކަމަށްވެސް ވިދާޅުވެފައެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ރޭ ވިދާޅުވީ ކަރެކްޝަންސްގެ ޖަލުތައް ފުރި އިތުރު ކުށްވެރިން ނުލެވޭނެކަން އަންގާފައިވާ ކަމަށެވެ. އެގޮތުން މިވަގުތު ދޫނިދޫ ޖަލުގައި ހުކުމް ތަންފީޒުކުރަންޖެހޭ 50ފަރާތަކާއި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ އަށް ފަރާތެއްވާކަމަށް އިޒްމިއާ ވިދާޅުވިއެވެ.
އެ ގައިދީންގެ ތެރެއިން ބައެއް ގައިދީންތައް ދަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްވެސް ކޮށްފައެވެ.
އެގޮތުން ދޫނިދޫގެ ދެ ނަންބަރު ޖަލުގައި ތިބި އަށް ފަރާތެއްވަނީ ކެއުމަށް އިންކާރުކޮށްފައެވެ. ނަމަވެސް އިއްޔެ ހެނދުނު އޭޭގެ ތެރެއިން ހަތް ގައިދީއަކު ވަނީ އަލުން ކާން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް