ހުުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލުން އައުޓްސޯސްކުރަނީ
ހުޅުމާލޭގެ މުނިސިޕަލްޓީ ޚިދުމަތްތައް ފޯރުކޮށްދިނުން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.
މިކަންވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މާލެސިޓީގެ މޭޔަރ ޝިފާ މުހައްމަދުވެސް ފާހަގަކުރައްވާފައެވެ.
ޝިފާާ ވިދާޅުވީ ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލުގެ މައިގަނޑު ވިސްނުމަކީ އެޗްޑީސީ މެދުވެރިކޮށް ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، އައުޓްސޯސްކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް އެހެން ކުންފުނިތަކަށް އައުޓްސޯސްކޮށްގެން ފޯރުކޮށްދިނުންކަމަށެވެ.
އަދި އެކަމުގެ މަޝްވަރާތައް ހުޅުމާާލޭގެ މުނިސިޕަލް ކަންކަން މިހާރު ކުރާ އެޗްޑީސީއާއެކު ކުރަމުންދާކަމަށް ޝިފާ ވިދާޅުވިއެވެ.
ހުޅުމާލޭގެ މުުނިސިޕަލް ކަންކަން މިހާރުން ފެށިގެން ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބަޖެޓުގެ ދަތިކަމާއި، މުވައްޒަފުންގެ އަދަދު މަދުވުމާއި ގުޅިގެން މިއަހަރު އެކަން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ކަމަށް މޭޔަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް