އެޗްޑީސީގެ ޗެއަރމަން، ޒުހޫރު މަޤާމުން ވަކިކޮށްފި
އެޗްޑީސީގެ ޗެއަރމަން، އަޙްމަދު ޒުހޫރު މަޤާމުން ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން މިރޭ ބުނެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ޒުހޫރު އެމަޤާމުން މިއަދުންފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ޒުހޫރު އެ މަޤާމުން ވަކި ކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
އެޗްޑީސީގެ ޗެއަރމަންކަމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން ޒުހޫރު އައްޔަންކުރީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.
ޒުހޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އޭނާ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމް ވެސް ފުރުއްވިކަން ފާހަގަކޯށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް