ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާން ދިނުން މަނާ ކުރުމުން، ކޮތަރުތައް ފުޅިމަނދު ކަނީ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ޖުމްހޫރީ މައިދާނަށް ޖައްސާ ކޮތަރުތަކަށް ކާން ދިނުން މަނާ ކުރުމުން ކޮތަރުތައް ފުޅިމަނދު ކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާންފަށައިފިއެވެ.
ޒަމާނުށްސުރެ "ކޮތަރު ޕާކް" ގެ ނަމުން މަޝްހޫރު ޖުމްހޫރީ މައިދާނަށް ގިނަބަޔަކު ހަވީރު ވަގުތު ގޮސް ކޮތަރުތަކަށް ކާންދީ ހަދައެވެ. ނަމަވެސް، މި އަހަރު ކުރީކޮޅު ޖުމްހޫރީ ޕާކް ހަދާ ނިންމައި ހުޅުވާލުމަށްފަހު ކޮތަރުތަކަށް ކާންދިނުން ވަނީ މަނާ ކޮށްފައެވެ.
ޖުމްހޫރީ މައިދާނަށް ޖައްސާ ކޮތަރުތަކަށް ކާން ދިނުން މަނާ ކުރުމުން ކޮތަރުތައް ފުޅިމަނދު ކާ މަންޒަރު ފެންނަ ވީޑިއޯ
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ކަމާބެހޭ ފަރާތްތަކުން މިކަމާއި މެދު އެކެށީގެންވާ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ.
މީގެ އިތުރުން، މި ކޮތަރުތަކަކީ ޒަމާނުށްސުރެ އެ އެއްޗިއްސަށް ކާންދޭ މީހުންނަށް ބަރޯސާވެގެން އުޅެމުންދިޔަ ކޮތަރުތަކެކަށް ވުމުން މިގޮތައް ކުއްލިއަކަށް ގަވާއިދު ބަދަލު ކުރުމާއި މެދު ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖުމްހޫރީ މައިދާނަކީ ޒަމާނުށްސުރެ މީހުން ކުޑަކުދިންވެސް ގޮވައިގެން ހިތްހަމަޖައްސާލަންދާ ތަނެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް