50 އަށްވުރެ ގިނަ ބަނގުރާފުޅިއާއެކު ދެމީހަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެއިން 50 އަށްވުރެ ގިނަ ބަނގުރާފުޅިއާއެކު ސްރީލަންކާ ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ރޭ ގާތްގަނޑަކަށް 21:55 ހާއިރު ހުޅުމާލޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ އުފުލަމުންދާކަމަށް ޝައްކުކުރެވުނު އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ އުޅަނދު ބަލައި ފާސްކުރުމުން ބަނގުރާކަމަށް ޝައްކުކުރެވޭ 54 ފުޅި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، އެ އުޅަނދު މިހާރު ޓޯވ ކޮށްފައިވާ ކަމަށާ މި މައްސަލައާ ގުޅިގެން ދެ ސްރީލަންކާ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ
މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް