ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުޑަކުދީންތަކެއް މާރާމާރީ ހިންގައިފި، ކުއްޖަކު ޒަހަމު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުޑަކުދީންތަކެއް މާރާމާރީ ހިންގާ، ކުއްޖަކު ޒަހަމު ކޮށްލައިފި އެވެ.
ފުލުހުން ބުނީ މިރޭ 10 ޖަހާ އެހާކަންހާއިރު ހުޅުމާލެ ފޭސް ދޭއްގައި 18 އަހަރުން ދަށުގެ ކުދީންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.
މާރާމާރީގައި އެތަނުން ކުއްޖަކު ވަނީ ޒަހަމުވެފަ އެވެ.
މި މާރާމާރީއާ ގުޅިގެން ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަދި އިތުރު ހަތަރު ކުދީން ހިފައްޓާފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް