ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ހަވާލްކޮށްފި
ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ލެޑް ބޮކި ދޫކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ގޭބިސީތަކަށް ލެޑްބޮކި ދޫކުރުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނިތަކަށްކަމައްވާ ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިއުއެސްސީށެވެ.
މިކަންތައް ހަވާލުކޮށްފައި މިވަނީ މިއަދު އެންވަޔަރަމަންޓް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއެވެ.
ސަރުކާރުގެ ފަރާތުން ކަރަންޓުގެ ހަރަދު ކުޑަކުރުމަށްގެންދާ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދެ ލެޑްބޮކި ދޫކުރުމަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް