ރަަސްރަނި ބަގީޗާގެ ނަން އަނެއްކާވެސް ސަލްޓަން ޕާކަށް!
ރަސްރަނި ބަގީޗާގެ ނަން އަނެއްކާވެސް އެތަނުގެ ކުރީގެ ނަންކަމުގައިވާ ސަލްޓަންޕާކަށް ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް އެޕާކްގެ ނަން ބަދަލުކުރުމަށް ނިންމާފައިވަނީ ސިޓީ ކައުންސިލްގެ މެންބަރުންގެ އިއްތިފާގުންނެވެ. މިގޮތަށް ނަން ބަދަލުކުރުމަށް ނިންމާފައިވަނީ އެތަނަކީ ރާއްޖޭގެ ތާރީޚާއި ގުޅިފައިވާ ތަނަކަށްވުމުން ހެރިޓޭޖް މިނިސްޓްރީގެ އިރުޝާދުގެ ދަށުންކަމުގައި ވެއެވެ.
މި ޕާކްގެ ނަން ބަދަލުކޮށް ހުޅުވުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންދާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މި ޕާކްގެ ނަން ބަދަލުކޮށް، އަލުން ތަރައްގީކުރުމަށްފަހު ހުޅުވާފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް