ޖަރުމަނުވިލާތުގައި އެއްޗެއް ގޮވައި، ސީރިއަސް ހާލަތުގައި އޮތް ފަޔާޒް ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޖަރުމަނުވިލާތުގެ މިއުނިކްގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވަނާ ނިޔާވެއްޖެ އެވެ.
އެއްޗެއް ގޮވައި ހިނގި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނީ، ބ.ތުޅާދޫ ބީޗް ހައުސް، އިބްރާހިމް ފަޔާޒް އެވެ.
އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ހިނގި ހާދިސާއަށް ފަހު ފަޔާޒަށް ފަރުވާދެމުން ދިޔައީ މިއުނިކް ބޮގޭންހައުސަން ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އޭނާގެ ބޮލަށް ވަރަށްބޮޑަށް ގެއްލުން ލިބިފައިވެ އެވެ.
ފަރުވާ ދެމުން ދަނިކޮށް ފަޔާޒް ނިޔާވީ މިއަދު އެވެ.
ފައްޔާޒަކީ ރާއްޖޭގައި އުފެދުނު އެންމެފުރަތަމަ ކައިޓް ސާފަރުންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ.
ފައްޔާޒް ފަހުން ދިރިއުޅެމުން އައީ ޖަރުމަނުވިލާތުގައެވެ. އޭނާގެ އަންހެނުންނަކީ ޖަރުމަނުވިލާތުގެ ރައްޔިތެކެވެ. ފައްޔާޒުގެ ކުޑަ ފިރިހެން ކުއްޖަކު ހުންނައިރު، އޭނާ ކުރިން ދިރިއުޅެމުން އައިސްފައިވަނީ ތުޅާދޫގައެވެ. ފައްޔާޒަކީ އެންމެންނާ ގުޅޭ ވަރަށް ހިތްހެޔޮ ޒުވާނެއްކަމަށް ތުޅާދޫ މީހުން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް