"ކޮމަލިކާ" އާއިލާއާއެކު ރާއްޖޭގައި
ޗުއްޓީ ހޭދަކޮށްލުމަށް ހީނާ ޚާން ރާއްޖެ އަތުވެއްޖެއެވެ.
ކަސޯޓީ ޒިންދަގީ ކޭ ދެވަނަ ބައިގައި ކޮމަލިކާގެ ރޯލުން ފެނިގެންދާ ހީނާ ޚާން އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަން އޭނާ ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަރގްރާމް އެކައުންޓްގައެވެ. އާއިލާއެކު އެ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އާދެވުނީތީ ވަރަށް ހިތްހަމަޖެހިފައިވާކަމަށް ހީނާ ބުނެފައިވެއެވެ.
ހީނާ އިންސްޓަރގްރާމުގައި ހިއްސާކޮށްފައިވާ ފޮޓޯގައި ބުނެފައިވަނީ ރާއްޖޭގެ އެއާރޕޯޓް ކުޑަކަމުން އެކަމާއި އޭނާގެ ބައްޕަ "ކޮމްޕްލައިން" ކޮށްފައިވާކަމަށެވެ. ނަަމަވެސް ދަތުރާއި މެދު އޭނާ ވަރަށް ހިތްހަމަ ޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ހީނާ ޚާން ވަނީ މީގެ ކުރިންވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ.
މިހާރު ކަސޯޓީ ޒިންދަގީކޭގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ހީނާ ޚާން އެ ޑްރާމާ ދޫކޮށްލަން އުޅޭ ކަމަށް އޭނާ ބުނެފައިވެއެވެ. ޑްރާމާ ދޫކޮށްލަނީ އޭނާގެ ފިލްމީ ކެރިއަރަށްޓަކައި ކަމަށްވެސް ހީނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް