މަޖިލިސް ކުރިމަތީ ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލައިފި؛ 3 ސައިކަލް އޮތީ އަނދާ ހުލިވެފައި!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ، މެދު ޒިޔާރަތްމަގު، ހޮޓެލް ޖެން ކައިރީ ސައިކަލު ޕާކިން ޒޯނެއްގައި ހުރި ސައިކަލު ތަކެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް މިއަދު ފަތިހު 3:03 ކަންހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި އަލިފާން ރޯކޮށްލުމާއި ގުޅިގެން 7 ސައިކަލަކާއި ވޭނަކަށް ގެއްލުން ވެފައިވާ ކަމަށާ އޭގެ ތެރެއިން ތިން ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިއާއެކު ފުލުހުން ބުނީ މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާ އެހެން ނަމަވެސް އަލިފާން ރޯކުރި މީހާ ދެނެގަނެވިފައިވާ ކަމަށެވެ.
އަދި ފުލުހުން މިހާރު މަސައްކަތް ކުރަމުންދަނީ އަލިފާން ރޯކުރި ކަމަށް ތުހުމަތުވާ މީހާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް