މަސްުތުވާތަކެއްޗާއި އެކު 20 ދިވެހިން ހައްޔަރުކޮށްފި
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ވިހި ދިވެހިން ހައްޔަރު ކޮށްފިއެވެ.
އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫތަކާއި ގުޅިގެން މާފަންނު ގެއެއް މިއަދު ހެދުނު ބަލާފާސްކޮށްފައިވާކަމަށެވެ.
އެގޮތުން އެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 38 ރަބަރު ޕެކެޓާއެކު 20 ދިވެހިންނާއި، ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ވިހި ދިވެހިންގެ ތެރޭގައި އަށާރަ އަހަރު ނުފުރޭ ކުޑަކުއްޖަކުވެސް ހުރި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއި އެކު 21 މީހަކު މިއަދު ހައްޔަރު ކޮށްފައިވާއިރު، އިއްޔެ ވަނީ ބަނގުރާފުޅި ތަކަކާއި އެކު ފަސްމީހަކު މާލެއިން ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް