ދުވަސްވީ އިމާރާތްތައް ފާހަގަކޮށް ފިޔަވަޅުއަޅާ: މަސީ
ދިރިއުޅެން ރައްކާތެރި މާހައުލެއް ނެތް ދުވަސްވީ އިމާރާތްތައް ފާހަގަކުރުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ގޮވާލައިފިއެވެ.
އެ ޖަމްއިއްޔާއިން މިހެން ގޮވާލާފައިވަނީ ރޭގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައެވެ.
މަސީން ބުނީ މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި އަތޮޅުތަކުގައި ހުރި އިމާރާތްތަކާއި ތަންތަނުގެ ހާލަތު ބަލައި ވަޒަންކޮށް އެ ތަންތަނުގެ ތެރެއިން ދިރިއުޅުން ރައްކާތެރި ނޫން ތަންތަން ފާހަގަ ކުރަން ގޮވާލާ ކަމަށެވެ.
އަދި އެ ތަންތަނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާާފައެވެ.
އަދި އެހެންމެ އިމާރާތް ކޮށްފައިވާ ބޭނުންތަކާއި، އިމާރާތް ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ގޮތާއި، ސިޑިގޮޅިއާއި ބެލްކަނިތަކާއި ވެންޓިލޭޝަންތަކާއި ވައިގޮޅި ފަދަ ތަންތަން ބޭނުން ކުރަމުން ދަނީ ހުއްދަ ދީފައިވާ ގޮތަށްތޯ ބަލައި އިސްލާހު ކުރަން ޖެހޭ ކަންކަން ކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް މަސީން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް