ސައްހަ ވޯޓުތައް ބާތިލްކުރި އޮފިޝަލަށް ފިޔަވަޅު އަޅަނީ
ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ވޯޓުތަކެއް ގުނިއިރު، ސައްހަ ވޯޓުތަކަކީ ބާތިލް ވޯޓުތަކެއްކަމަށް ކަނޑައެޅި އޮފިޝަލަކާއި މެދު ފިޔަވަޅު އެޅުމަށް އީސީން ނިންމައިފިއެވެ.
އީީސީގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޮފިޝަލާއި ދޭތެރޭގައި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި، އެއީ އެހެން ފަރާތްތަކަށް އިބުރަތަކަށް ވާންޖެހޭ ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވިއިރު، މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ވޯޓް ފޮއްޓެއްގައި 190 ބާތިލް ވޯޓް އޮތުމާ ގުޅިގެން އީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ވޯޓް ފޮށިތައް އީސީގެ އިންތިހާބީ މަރުކަޒު ބާ ޖަމާލުއްދީންގައި އަލުން ކަނޑައިގެން ރޭ ގުނިއިރު، ގާސިމްއަށް ވަނީ 64 ވޯޓް އިތުރުވެފަ އެވެ. އެމްޑީޕީއިން ވާދަކުރި އަމީޒްއަށް ވަނީ 45 ވޯޓް އިތުރުވެފަ އެވެ.
ބެލެވޭ ގޮތުގައި އެބޭފުޅާ އިޝާރާތްކުރައްވާފައިވަނީ މި ވޯޓު ފޮއްޓަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް