އިންޑިއާ ސަފީރު ކަމަށް އަޒީމާގެ ނަން ފޮނުވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރު ކަމަށް އައިޝަތު އަޒީމާ އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މިހާރު ހުންނެވީ އިބްރާހިމް ޝަހީބެވެ. އޭނާގެ ދައުރު ހަމަވާން ކައިރިވެފައިވުމާއެކު އެ މަގާމަށް އަޒީމާ އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުވާފައިވާއިރު އެ ސިޓީ ވަނީ މިއަދުގެ ޖަލްސާގައި އިއްވާފައެވެ.
އެއަށްފަހު މި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
އަޒީމާ ވަނީ 2019 އިން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާއި ހަމައަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމު އަދާކުރައްވާފައެވެ.
އޭނާ މި ވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ މަގާމެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް