ސަރުކާރުގެ ފަސް އަހަރުގެ ޕްލޭން މިރޭ އިފްތިތާހުކުރަނީ
ކުރިއަށް އޮތް ފަަސްއަހަރަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން މިރޭ އިފްތިތާހު ކުރުމަށް ނިންމައިފިއެވެ.
މިކަން ކުރިއަށްދާނީ މިރޭ ނުވައެއް ޖަހާއިރު ދަރުބާރުގޭގައި އޮންނަ ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.
މި އެކްޝަން ޕްލޭންގެ އިތުރު ތަފްސީލެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި މި އެކްޝަން ޕްލޭންގައި ސަރުކާރުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތައް ފުއްދުމަށް ކުރުމަށް ހަމަޖެހިފައިވާ ކަންކަން ހިމަނާފައިވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް