އިމާރާތަކަށް ހޮޅިދަނޑިއަކުން އަރަނިކޮށް ޖެޒް ކެފޭ ފުރާޅުމައްޗަށް މީހަކު ވެއްޓިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާފަންނު ޖޭޒް ކެފޭއާއި ޖެހިގެން ހުރި އިމާރަތަށް ހޮޅި ދަނޑިއަކުން އަރަނިކޮށް، އެ ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ، މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:14 ހާއިރު ކަމަށާ ފުރާޅު މައްޗަށް ވެއްޓުނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އަދި އެ މީހާ ފުރާޅު މައްޗަށް ވެއްޓުމުން އެތަނުން ނަގައި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އެހީތެރިކަމާ އެކު ކަމަށާ އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައި ކަމަށެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދިން ގޮތުގައި އެ މީހާ ވެއްޓުނީ ޖެހިގެންހުރި އިމާރާތަށް ހޮޅިދަނޑިން އަރަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް މި މީހާ އެ އިމާރާތަށް ހޮޅިދަނޑިން އަރައިގެން ވަންނަން އުޅުނީ ކޮން ބޭނުމެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް