ޕްރައިމަރީގައި ބަލިވިޔަސް އިންތިޚާބުގައި ވާދަކުރެވޭގޮތް ހަދަނީ
މަޖިލިސް އިންތިޚާބުގެ ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށްވެސް އިންތިޚާބުގައި ވާދަކުރެވޭނެގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށައަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު، އެ އިސްލާހު ފާސްކުރުމަށް އެހީއަށް އެދިއްޖެއެވެ.
މެންބަރު ލަތީފް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ޕްރައިމަރީން ބަލިވުމުން އެއްވެސް ބޭފުޅަކު ކަންބޮޑުވާކަަށް ނުޖެހޭނެކަމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އެބޭފުޅާ ހުށައަޅުއްވާފައިވާ އިސްލާހުގެ ދަށުން އެބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރެއްވޭނެކަމަށެވެ.
ލަތީފް އިތުރަށް ވަނީ އެ އިސްލާހު ފާސްކުރުމަށް ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންފުޅުވާާކަމަށް ވިދާޅުވެފައެވެ.
ފަހަކަށް އައިސް ލަތީފް ދަނީ މަޖިލިސް މެންބަރުންގެ ޝަރުތަކާއި މަޖިލީހާއި ގުޅޭ ބިލްތައް މަޖިލީހަށް ވައްދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް