އިސްލާމީ މަރުކަޒުގައި މާބްލް ޖެހުމުގެ ތަފްސީލްތައް ހައުސިންގްއިން ނުދިން: އޮޑިޓަރ ޖެނެރަލް
2016ވަނަ އަހަރު ހައުސިންގް މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްގެން ހިންގި މާލޭގެ އިސްލާމީ މަރުކަޒު ސަރަހައްދުގައި މާބްލް ޖެހުމުގެ މަސައްކަތުގެ ތަފްސީލްތައް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހިއްސާކޮށްފައިނުވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
މިގޮތަށް ބުނެފައިވަނީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުނު 2016ވަނަ އަހަރުގެ ހައުސިންގް މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއްގައެވެ.
އެ ރިޕޯޓްގައިވާ ގޮތުގައި އިސްލާާމީ މަރުކަޒުގެ ގޯތި ތެރޭގައި މާބްލް ޖެހުމާއި ބެހޭ މާބްލް ސަޕްލައި ކުރުމާއި ބެހޭ އިއުލާާނާއި މައުލޫމާތު ޝީޓް ބިޑް އިވެލުއޭޝަން ނިންމިކަމުގެ ލިޔުމާއި، މާާބްލްތަކުގެ ދާރަ ހެދުމާާއި ބެހޭ އިއުލާނާއި މައުލޫމާތު ޝީޓާއި އިވެލުއޭޝަން ޝީޓުގެ ތަފްސީލް ދީފައެއް ނުވެއެވެ.
މިއީ ޖުމްލަކޮށް 1,906,098 ރުފިޔާގެ މުއާމަލާތްތަކެއް ކަން ފާހަގަކޮށްލެވެއެވެ.
މި ރިޕޯޓްގައި ވަނީ މި މައުލޫމާތުތައް ލިބޭނެގޮތް ހަދައިިދިނުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް