ކ. އަތޮޅަށް ރީނދޫ ސަމާލު: ބޯކޮށް ވާރޭވެހި ގުގުރާނެ!
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.
މިރޭ ކ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ 18:30 އިން ފެށިގެން 21:30 އާ ހަމައަށެވެ.
މެޓު އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެއެވެ.
މިއަދު އިރުއޮއްސުނީންސުރެ މާލޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި ދަނީ ގުގުރަމުންނެވެ. އަދި މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ފެން ހިއްކުމުގެ މަސައްކަތް ދިފާޢީ ބާރުން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެކި ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބެމުންދާއިރު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް