ކުރިއަށް އޮތް ތިންދުވަހު މަޖިލީހުގެ ޖަލްސާތައް ރޭގަނޑުވެސް އޮންނާނެ!
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ރޭގަނޑުވެސް ބޭއްވުމަށް ނިންމައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުރިއަށް އޮތީ އީދު ޗުއްޓީކަމުން، ކުރިއަށް އޮތް ތިން ދުވަހުގެ ރޭގަނޑު ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
މިގޮތަށް އަމަލުކުރަން ނިންމެވީ ޗުއްޓީއަށް ދިޔުމުގެ ކުރިން މަޖިލީހުގެ ކަންކަން ނިންމެވުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ފާހަަގަކުރެއްވީ ރޭގަނޑު ޖަލްސާތައް ބޭއްވުމުގެ ބޭނުމަކީ އީދު ޗުއްޓީއަށް ދާއިރު އެޖެންޑާ ތޮއްޖެހިފައި އޮތަ ނުދިނުންކަމަށެވެ.
ފަހަކަށް އައިސް ހަލުވި މިނެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަދުގެ ޖަލްސާއަށް އެކަނިވެސް 17 ކަމެއް ވަނީ އެޖެންޑާ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް