އެމްއެންޑީއެފްގެ ޖޭމަރ ވެހިކަލް އެކްސިޑެންޓްވެއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ވެހިކަލެއް ސިނަމާލެ ބްރިޖްގައި އެކްސިޑެންޓްވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯ އަދި ވީޑިޔޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ވެފައިވަނީ އެމްއެންޑީއެފްގެ ޖޭމަރ ވެހިކަލްއެކެވެ.
ޖޭމަރ ވެހިކަލްއަކީ އާންމުގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތްތަކުގެ އިސްވެރިން ދަތުރުފުޅު ކުރައްވާއިރު ބޭނުންކުރައްވާ ވެހިކަލެކެވެ. މި ވެހިކަލްގެ ބޭނުމަކީ އައިއީޑީއެެއް ފަދަ އެއްޗެއް ގޮއްވާލުމަށް ބޭނުންވާނެ ރޭޑިއޯ ސިގްނަލް ބްލޮކް ކުރުމެވެ.
https://www.facebook.com/voicemaldives/videos/1322322804584371/?modal=admin_todo_tour&_rdc=1&_rdr
މި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖް ނިމޭ ހިސާބުންނެވެ. މި އެކްސިޑެންޓް ހިނގާފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް