ރައީސް ސޯލިހު ހައްދުންމައްޗަށް ވަޑައިގެންފި
ލ. ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހައްދުންމައްޗަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު ލ. ކައްދޫ އެއާޕޯޓަށް މިއަދު ހެނދުނު 10:30 ހާއިރު ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ލާމު ގައި ހުންނަ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އެމްޑީޕީގެ އެ އަތޮޅުގެ އިސް ފަރާތްތަކެވެ.
އެމަނިކުފާނުގެ އަރިހުގައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމު އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާ އޮތީ މިއަދު ހަވީރު ހިތަދޫގައެވެ. މިދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ސޯލިހު މިއަދު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް