ކުރީގެ މެންބަރ އަސްމާގެ ފިރިކަލުން އަވަހާރަވެއްޖެ
ދިވެހި ދައުލަަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ، ކުރީގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ފިރިކަލުން މ.ކޮތަންމާގެ ހުސައިން ޝަރީފް އަވަހާރަވެއްޖެއެވެ.
ހުސައިން ޝަރީފް އަވަހާރަވީ އުމުރުފުުޅުން 71 އަހަރުގައި އިންޑިޔާގެ ބެންގަލޫރުގައި، ބޭސްފަރުވާ ކުރައްވަމުން ގެންދަވަނިކޮށެވެ.
ހުސައިން ޝަރީފަކީ ސަރުކާރުގެ އެކި މަގާމުތަކުގައި 40އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގަ އެވެ.
އޭގެ އިތުރުން ފޮރިން މިނިސްޓްރީގައި ވެސް އޭނާ ވަނީ ވަޒީފާ އަދާކުރައްވާފައެވެ.
ހުސައިން ޝަރީފް ދުނިޔެ ދޫކުރެއްވިއިރު އަނބިކަނބަލުން އަސްމާގެ އިތުރުން ތިން ކުދިން ތިއްބަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް