ފެނަކައިގެ ޗެއާޕާސަންގެ މަގާމަށް ޝިމާދު އައްޔަނުކޮށްފި
ފެނަކައިގެ ޗެއާޕާސަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) ޝިމާދު އިބްރާހިމް އައްޔަނުކޮށްފިއެވެ.
ފެނަކައިން ވަނީ މި މަގާމަށް ޝިމާދު އައްޔަނުކޮށްފައިވާކަން ހާމަކޮށް، އެބޭފުޅާ އަށް މަރުޙަބާ ދަންނަވާފައެވެ.
ޝިމާދުގެ އިތުރުންވެސް، ފެނަކައިގެ ބޯޑަށް ޕީސީބީން ވަނީ އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން ވެސް އައްޔަނުކޮށްފައެވެ.
މި މަގާމަށް ޝިމާދު އައްޔަނުކޮށްފައި މިވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހިންގުމަށްޓަކައި ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖައްސަން ރައީސް ޑރ.މުޢިއްޒު ނިންމަވާފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް