ރާއްޖޭގައި ބޮއިން 737 މެކްސް މަރުކާގެ ފްލައިޓް ބޭނުމެއް ނުކުރޭ
ރާއްޖޭގައި ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓް ބޭނުން ކުރަމުން ނުދާކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން މިގޮތަށް ހާމަކޮށްފައި މިވަނީ އެމެރިކާގެ ބޮއިން ކުންފުނީގެ ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓްތަކުގެ ރައްކާތެރިކަމާއި މެދު ސުވާލު އުފައްދާ ބޮޑެތި އެއާރލައިންތަކުން އެމަރުކާގެ ފްލައިޓް ބޭނުންކުރުން ހުއްޓާލާފައި ވަނިކޮށެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ އޮފް އެއާރ ވޯދިނަސް އަބްދުﷲ މުހައްމަދު މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި ހުރި ފްލައިޓް ތަކަކީ ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓްތައް ނޫނެވެ.
ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ތެރެއިން ބޮއިން 737 މެކްސް 8ގެ ފްލައިޓް ބޭނުންކުރަނީ އިންޑިޔާގެ ސްޕައިސް ޖެޓުންނެވެ.
އެހެން ނަމަވެސް އެ ފްލައިޓް ބޭނުން ނުކުރުމަށް އިންޑިޔާގެ ސިވިލް އޭވިއޭޝަނުން ވަނީ ރޭ އަންގާފައެވެ. އެހެންވެ ރާއްޖެއަށް މިވަގުތު އެ މަރުކާގެ ފްލައިޓްތައް އޮޕްރޭޓް ކުރުމުގެ ފުރުސަތު ކުޑަކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް