މި ސަރުކާރު ޒިންމާދާރުވުމަށް ޕީއެންސީން ގޮވާލައިފި
މި ސަރުކާރު ޒިންމާދާރުވުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ގޮވާލައިފިއެވެ.
އެޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ރަމަޟާން މަހުގައި އެތައް ރަށަކުން ކަރަންޓް ކެނޑި، ރައްޔިތުން ކަނު އަނދިރީގައި ހޭދަކުރަން ޖެހުމަކީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ކަންކަން ކުރުމުގެ ގާބިލްކަން ނެތްކަމުގެ ހެއްކެއް ކަމަށެވެ. އަދި މަހަކަށްވުރެ ގިނަދުވަސް ވެގެންދިޔައިރުގައިވެސް، އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމްގެ އޭސީގެ މައްސަލަ ހައްލުކުރެވިފައި ނުވާާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
"....މިކަންކަން ހައްލުކޮށް، މިހާރަށްވުރެ ބޮޑަށް ސަރުކާާރު ޒިންމާދާރުވެ، ހަރަކާތްތެރިވެ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަހިކޮށްދިނުމަށް ވީހާވެސް އަވަސް ސްޕީޑެއްގައި މަސައްކަތް ކުރުމަށް ސަރުކާާރަށް ގޮވާލަމެވެ."، ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި އެޕާޓީން ވަނީ މިސަރުކާރުން އެއްވެސް އުސޫލެއްނެތި މީހުން ވަޒީފާއިން ވަކިކުރަމުން އަންނަކަމަށްބުނެ، އެކަންވެސް ކުށްވެރިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް