N/A
N/A
ހަބަރު 14 Jan 2019 | 03:26

ހެނދުނުގެ ނާސްތާ: ފާޑުކިޔާވަރަށް ވުރެ ސަޅި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ކޮންމެ ކިޔަވާ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދިނުމުގެ ވާހަކަދެއްކުމުން، އެކަން ވެގެންދިޔައީ ބަޔަކު މީހުންނަށް ވަރަށް ބޮޑު ޖޯކަކަށެވެ. އެއީ ވާނެ ކަމެއްނޫންކަމަށާއި، އެއަށްވުރެ ކުރަންޖެހޭ އެހެނިހެން ހަރަދުތައް މާ މުހިންމުކަމަށް ބުނެ ބައެއް ފަރާތްތަކުން ދިޔައީ ވާހަކަދައްކަމުންނެވެ.

ނާސްތާ ދިނުމުގެ ޕްރޮގްރާމަށް ބަޖެޓްގައި 50 މިލިޔަން ރުފިޔާ ޖެހުމަށްފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި މި ޕްރޮގްރާމް ފުރަތަމަ ޓާމްގައި ހިންގާނީ ޕައިލެޓް އުސޫލުން 25 ސްކޫލްގައި ކަމަށް ބުނުމުން އެކަމަށް ފާޑުކީ ފަރާތްތައްވެސް މަދެއް ނޫނެވެ. ނަމަވެސް މިއަދު އެ ޕްރޮގްރާމް އިފްތިތާހު ކުރިއިރު، އެފާޑުކިޔުންތެރިންގެ އަނގަތައް ވަނީ ނިކަން ރަނގަޅަށް ލައްޕާލާފައެވެ.

މިއަދު ހެނދުނު ފެށުނު ދިރާސީ އާ އަހަރާއި އެކު، ރާއްޖޭގެ ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފައްޓަވައިދެއްވާފައެވެ.

މިއަދު މި ޕްރޮގްރާމް ފެއްޓުނު އިރު، ފުރަތަމަ ދުވަހުވެސް މި ޕްރޮގްރާމުން އާންމުންނާއި ބެލެނިވެރިން ހެއްވާލަދީފިކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ސްކޫލް ހުޅުވުމުގެ ކުރިން ފޯމެއް ދީ، ސަޔަށް އެކަށައެޅިފައިވާ މެނޫގެ ތެރެއިން އެއްޗެއް ނެގުމަށް ކުދިންނަށް ވަނީ ފުރުސަތު ދީފައެވެ. މި ފޯމްގައި ކުދިން ފާހަގަޖެހި އެއްޗެހި ކުދިންނަށް މިއަދު ހެނދުނު ފޯރުކޮށްދީފައިވަނީ ތާޒާ ކަމާއި އެކުގައެވެ.

ހެނދުނު ގަޑީގައި ސްކޫލްތަކަށް ކުދިން ހެނދުނުގެ ސައި ނުބޮއެ ދިޔުމުގެ ސަބަބުން ކިޔެވުމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވޭކަމަށް ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. މިހެންކަމުން އެކިއެކި ސަބަބުތަކާއި ހުރެ ހެނދުނު ސައި ނުބޮއެ ސްކޫލަށް އަންނަ ކުދިންނަށް، ސްކޫލްގެ ތެރެއިން ސައި ލިބުމުން ކިޔެވުމަށް އިތުރު ހިތްވަރެއް ލިބިގެންދާކަމަށްވެސް ވަނީ ބުނެފައެވެ.

ވޮއިސްއާއި ވާހަކަދައްކަމުން މި ޕްރޮގްރާމްގެ ދަށުން ނާސްތާ ލިބުނު ދަރިވަރަކުވެސް ބުނިގޮތުގައި މިއީ ހިންގަން ޖެހޭ މުހިންމު ޕްެރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މިއަދު ހެނދުނު ނާސްތާ ކުރިއިރުގައި، ކުދިން އެކުވެރިކަމާއި އެކު ކްލާހުގެ ތެރޭ އުފަލާއި އެކު ސައިބުއިކަން ދަރިވަރު ވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑު މިއަދުގެ ނާސްތާއަށް ފޯމްގައި ޖެހީ ސޭންޑްވިޗް.  އެކަމު އަޅުގަނޑަށް ލިބުނު ސޭންޑްވިޗް އެހެން ކުއްޖަކު ކާ ހިތްވީމަ ދިނިން އޭގެ އެއްބައި ބަދަލުގަ ރޮއްޓާއި މަސްހުނި ދޭ ގޮތަށް. އެގޮތަށް ޝެއަރކޮށްގެން ކެވުނީމަ ވަރަށް ސަޅި"، ވޮއިސްއާއި ވާހަކަދައްކަމުން ދަރިވަރު ބުންޏެވެ.

މިއަދު ފެށި މި ޕްރޮގްރާމްއަށް ލިބޭ ތަރުހީބާއި ފާޑުކިޔުންތަކަށް ބަލައި މި އަހަރު ނިމެންވާއިރަށް، ރާއްޖޭގެ ހުރިހާ ސްކޫލަކަށް ކަަހަލަ ގޮތަކަށް މި ޕްރޮގްރާމް ފުޅާކުރުމަށް މިނިސްޓްރީއިން މި ވަނީ ރާވާފައެވެ. ޖަޒީރާ ރާއްޖޭގައި ކުދިންނަށް ހެނދުނުގެ ނާސްތާވެސް ލިބިއްޖެއެވެ. ޖަޒީރާ ރާއްޖޭގައި ދެން ދަރިވަރުންނަށް އޮތީ ކޮންކަމެއްބާވައެވެ؟

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...