މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓްގެ ނަން ނަގައިފި
އދ.މަހިބަދޫ ދާއިރާއަށް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓްގެ ނަން ނަންގަވައިފިއެވެ.
އަލީ އަހުމަދު އޭނާގެ ނަން ނަގާފައިވާކަން ވަނީ ކަށަވަރުވެފައެވެ. އެބޭފުޅާ ނަން ނެންގެވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަހިބަދޫ ދާއިރާއަކީ މީގެ ކުރިން އަދާލަތު ޕާޓީއަށް ދޫކޮށްލުމަށް އެމްޑީޕީން މަޝްވަރާ ކުރި ދާއިރާއެކެވެ.
އަލީ އަހުމަދުގެ ނަން ނެގުމުން މިހާރު މަހިބަދޫ ދާއިރާއަށް ވާދަކުރައްވަނީ ހަތަރު ކެންޑިޑޭޓުންނެވެ.
އެއީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރު ވެސް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓް އަލީ އާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ސުނިލްއާއި އަހުމަދު ހުސައިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް