ލަންކާގެ ބޮޑުވަޒީރު ރަނިލް މަޖިލީހުގައި ތަގުރީރުކުރައްވަނީ
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ބޮޑުވަޒީރު ރަނިލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތަގުރީރުކުރައްވާގޮތަށް ހަމަޖެހުނީ މިރޭ އޮތް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެބޭފުޅާ ތަގުރީރުކުރައްވާނީ ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 9:30ގައެވެ.
ރަނިލްއާއި އެބޭފުޅާގެ އަނބިކަނބަލުން ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. މި ދެބޭފުޅުންގެ އަރިހުގައި ސްރީލަންކާގެ ކެބިނެޓްގެ ބައެއް ވަޒީރުން ވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވައެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުވަތަކަށް ބޮޑުވަޒީރު ރަނިލް ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް