ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ރަސްމިއްޔާތަށް އިންޑިޔާގެ ގައުމީ ޓީމް ގެންނަނީ
ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވާ، އިންޑިޔާގެ ގައުމީ ޓީމް އައުމަށް ދައުވަތުދީފިއެވެ.
މި ދައުވަތު ދީފައިވަނީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރާއި އެކްޓިންގް ސްޕޯޓްސް މިނިސްޓަރ އަލީ ވަހީދާއި ދެމެދު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމަކީ މިނިސްޓަރ އަލީ ވަހީދު މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އިންޑީއާއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްްކަން ފާހަަގަކޮށްލެވެއެވެ.
މި ބައްދަލުވުމުގައި އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމަށް ރާއްޖޭގެ ފުޓްބޯޅަ ލީގު ފެށުމުގެ ރަސްމިއްޔާތަށް އައުމަށް ދައުވަތުދީފައިވެއެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފުޓްބޯޅަ ލީގު ފެށުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަ ކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ބޮލީވުޑް ގެ އެކި ސްޓާރުންނާއި މިއުޒިޝަނުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް