ޕީއެންސީގެ ސިލްސިލާ ސައްލާފޯރަމް ތަކެއް؛ މިރޭގެ މައުޟޫ އަކީ "ގެދޮރުވެރިކަމުގެ ބަޖެޓް 2025"
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން "ރައްޔިތުންގެ ސައްލާ ފޯރަމް" ނަމުގައި ސިލްސިލާ ސައްލާ ފޯރަމްތަކެއް ފަށަން ނިންމައިފިއެވެ.
އެގޮތުން މި ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ފޯރަމްގެ މައުޟޫއަކީ "ގެދޮރުވެރިކަމުގެ ބަޖެޓު 2025" އެެވެ.
ޕީއެންސީން ބުނި ގޮތުގައި، މި ފޯރަމް އޮންނާނީ މިރޭ 21:00 ގައި ޕީއެންސީ ހަރުގޭގައެވެ.
މިކަމާއި ގުޅޭ ގޮތުން ޕީއެންސީން ބުނީ، މިރޭގެ ފޯރަމްގެ ބައިވެރިންނަކީ ޕީއެންސީގެ ނައިބުރައީސް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ލީގަލް އެފެއާޒް މުޙައްމަދު ފިރުޒުލް އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ނައިބުވަޒީރު އަޙްމަދު ސާއިދު މުޞްޠަފާކަމަށެވެ.
ފޯރަމްގައި ބައިވެރިވާ ޢާންމު ރައްޔިތުންނަށް ޕެނަލުގެ ބައިވެރިންނާ ސުވާލުކުރުމުގެ ފުރުޞަތު އޮންނާނެކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް