ރާއްޖެއިން އިސްލާހަށް ކުރާ މަަސައްކަތަށް އިނގިރޭސިވިލާތުން ތަރުހީބުދީފި
މިސަރުކާރުން ކުރަމުންދާ އިސްލާހީ މަސައްކަތްތަކަށް، އިނގިރޭސިވިލާތުގެ ފަރާތުން ތަރުހީބުދީފިއެވެ.
އެ ގައުމުން ރާއްޖޭގެ އިސްލާހީ މަަސައްކަތަށް ތަރުހީބު ދީފައިވާ އދ.ގެ އިންސާނީ ހައްގުތަކާއި ގުޅޭ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގައުމުގެ ރެޕްރެޒެންޓޭޓިވް ބުނީ ރާއްޖެއިން ބައިނަލްއަގްވާމީ މުޖުތަމައުއާއި އެކު ބާއްވަމުންދާ ބިނާކުރަނިވި މަޝްވަރާތަކަށް ތާއިދުކުރާ ކަމަށާއި، ރާާއްޖޭގެ ޑިމޮކްރަސީ، ސަރުކާރު ހިންގުމުގެ ނިޒާމު އަދި ގާނޫނުތައް ހަރުދަނާ ކުރުމަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފަހުން ކުރެވުނު މަސައްކަތްތަކަށް މަރުހަބާ ކިޔާ ކަމަށެވެ.
އަދި ޑިމޮކްރަޓިކް މުޖްތަމައެއް ބިނާކުރުމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި، އިންސާނީ ހައްޤުތަކާއި ބެހޭ އޮނިގަނޑުގެ ފުރިހަމަ ބޭނުން ރާއްޖެއިން ހިފުމަށް އިނގިރޭސިވިލާތުން ވަނީ ގޮވާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިސަރުކާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ދުނިޔޭގެ 50 އަށްވުރެ ގިނަ ޤައުމުތަކުގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް