ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް ހޮވުނީ މާނިއު
ޖުޑީޝަލް ސާރވިސް ކޮމިޝަންއަށް ވަކީލުންގެ ތެރެއިން އައްޔަންކުރާ ފަރާތެއް ހޮވުމުގެ އިންތިޚާބު އަލްއުސްތާޛު އަބްދުލް މާނިއު ހުސައިން ކާމިޔާބު ކުރައްވައިފިއެވެ.
މި އިންތިޚާބުން މާނިއު މޮޅުވީ 199 ވޯޓުންނެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1487 ވަކީލުންނަށް ލިބިފައިވެއެވެ. ނަމަވެސް ވޯޓުލާފައިވަނީ އެންމެ 404 ފަރާތެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް މާލެއާއި އައްޑޫގައި ވަނީ ވޯޓުފޮށިތައް ބެހެއްޓިފައެވެ.
ވޯޓުގެ ނަތީޖާ:
1- މާނިއު 199 ވޯޓު
2- އަލީ ރަޝީދު 124 ވޯޓު
3- އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު 37 ވޯޓު
4- ހަނީފާ ޚާލިދު 27 ވޯޓު
5- އަހުމަދު ރަޝީދު 9 ވޯޓު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް