ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން މަރުވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މޫދަށް އެރި އުޅެނިކޮށް ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން ފޭބި މީހަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އދ. ސެންޓާރާ ރިސޯޓްގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން އެމީހާ ސަލާމަތް ކުރުމަށް މޫދަށް ފޭބި މީހަކު ގެނބިގެން ފަރުވާ ދެމުންދާ ކަމަށް މިއަދު 11:05 ކަން ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެމީހާ އަކީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާ، ދަނގެތީ ހޮސްޕިޓަލަށް ފަރުވާއަށް އެމީހާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުފައުވާ ކަމަށެވެ.
ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް