މާރިޔާގެ މައްސަލަ ފެއިލްކޮށްލާނީ ރިޔާޒު އެކަނި ވޯޓު ލައިގެންތޯ؟: ލަތީފު
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެއްކަމުގެ ވޯޓް ފެއިލް ކުރާނީ ރިޔާޒް އެކަނި ވޯޓްދެއްވައިގެން ތޯ ދިއްދޫދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ސުވާލުކުރައްވައިފިއެވެ.
ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރު ލަތީފު ހަމަ އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރާއި އެފަދައިން ސުވާލުކުރެއްވުމުން ދޭހަވަނީ ޕާޓީގެ އެތެރޭގައި ބައިބައި ވުން އުފެދިފައިވާކަން ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.
ލަތީފު އެފަދައިން ރިޔާޒާއި ސުވާލުކޮށްފައިވަނީ ޓްވީޓެއްގެ ޒަރިއްޔާއިންނެވެ. އެގޮތުން އޭނާގެ ޓްވީޓްގައި ވަނީ ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕީޖީ ގުރޫޕް މިހާރު އޮތްތޯ ސުވާލުކުރައްވާފައެވެ. އޭގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމާއިއެކު ހަތަރު ލީޑަރުންގެ އެއްބަސް ވުން މިހާރު އަމަލު ނުކުރެވޭނެ ކަމަށްވެސް ލަތީފުވިދާޅުވެފައިވެއެވެ. އަދި ވަޒީރުން ސަލާމަތް ކޮށްދެއްވުމަކީ ރައީސްގެ ކަމެއް ކަމަށާއި، އެކަމާއި އުޅެންވީ ހަތަރު ލީޑަރުންތޯވެސް އޭނާ ސުވާލުކުރައްވާފައިވެއެވެ.
މާރިޔާގެ އިތުބާރު ނެތްކަމުގެ ވޯޓް ފެއިލްކޮށްލާނެ ކަމަށް ރިޔާޒް ވިދާޅުވިއިރު އެކަމާއި ޖޭޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެއްވެސް ވަރަކަށް މަޝްވަރާކުރައްވާފައި ނުވާކަމަށާއި، ރިޔާޒް އެހެން ވިދާޅުވީ އެކަނި ވޯޓްދެއްވައިގެން މާރިޔާގެ މައްޗަށް ނަގާ ވޯޓް ފެއިލްކޮށްލުމަށްތޯވެސް ލަތީފު ސުވާލުކުރައްވާފައިވެއެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތްކުރަނީ ޕީޕީއުމުން ކަމަށްވާއިރު، އެމަސައްލަ މަޖިލީހަށް ވައްދާނީ ގައުމީ މައްސަލައެއްގެ ގޮތުގައި ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް