ރައީސް ޔާމީންގެ ބަންދުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ނިންމާލައި ހުކުމް އިއްވަން ތައްޔާރުވެއްޖެއެވެ.
ދާދި ދެންމެއަކު އެ މައްސަލައިގެ ޝަރީއަތް ނިންމާލާފައިވާއިރު، ހުކުމް އިއްވާނެ ތާރީޚެއް އިއުލާންކޮށްފައެއް ނުވެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ގެންގޮސްފައިވަނީ ސިއްރުންނެވެ.
ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ.
އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލިފައިވާ މަނީ ލޯންޑަރިންގްގެ މައްސަލައާއި ގުޅިގެން، ހެކިންގެ މައްޗަށް ނުފޫޒު ފޯރުވަފާނެކަމުގެ ތުހުމަތުގައެވެ. ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ޝަރީއަތް ނިމެންދެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް