ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގދ. ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މުދާ އުފުލާ ބޯޓެއް ވ. ފެލިދޫގެ ފަސް ނޯޓިކަލް މޭލު ބޭރުން ދިޔަވެގެން އަޑިއަށްދާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވާ ކަމަށެވެ. އަދި އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދެއް އެ ސަރަހައްދަށް ދަނީ ދަތުރުކުރަމުން ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުތަކުގައި ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ފެލިދޫގެ ފަސް ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް