ސައުތް އޭޝިއާގައި 5ޖީ ލިބޭ ފުރަތަމަ ޤައުމަކަށް ރާއްޖެ!
ދިރާގުން ރާއްޖެއަށް 5ޖީ ތައާރަފްކޮށްފިއެވެ.
އެކުންފުނިން ރާއްޖެއަށް ފައިވް ޖީ ތަޢާރަފުކުރުމާއެކު ދިވެހިރާއްޖެ ވެގެން ގޮސްފައި މިވަނީ ސައުތް އޭޝިއާ ބައްރުގައި މި ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަށެވެ.
ދިރާގު 5ޖީ ޚިދުމަތް އަދި ލިބޭނީ ރާއްޖޭގެ އާބަދީ އެންމެ ބޮޑު 3 ސަރަޙައްދަށްކަށެވެ. އޭގެތެރޭގައި މާލެ، ވިލިމާލެ، ހުޅުމާލެ އަދި އެއަރޕޯޓްގެ ބައެއް ސަރަހައްދުތަކާއި، އައްޑޫ، ހިތަދޫގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ހދ.ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ.
ފައިވް ޖީ ޚިދުމަތަކީ 4ޖީ ޚިދުމަތުގެ ސްޕީޑަށްވުރެ ދިހަ ގުނަ އަވަސް ޚިދުމަތެކެވެ. މީގެ ސަބަބުން ކަސްޓަމަރުންގެ މޮބައިލް ކަނެކްޓިވިޓީގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަވެ، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް