ިއިސްލާމިކް މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ރ.އަތޮޅަށް ވަޑައިގެންފި
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ރަސްމީ ދަތުރުފުޅެއްގައި ރ.އަތޮަަަޅަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރ.އަތޮޅުގައި ހިނގަމުންދާ މިނިސްޓްރީގެ ބައެއް މަސައްކަތްތައް ބައްލަވާލައި އިފްތިތާހުކުރުމަށް ކުރިއަށްދާ ދަތުރެއްކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެގޮތުން އެބޭފުޅާ މިއަދު ވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ރ. ހުޅުދުއްފާރު ގޮފި ރަސްމީކޮށް ހުޅުއްވައިދެއްވާފައެެވެ. އަދި ރ. ވާދޫ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް މިނިސްޓަރ ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މީގެ އިތުރުން ރ. އުނގޫފާރުގައި އިމާރާތް ކުރަމުންދާ އިސްލާމިކު ސެންޓަރުގެ މަސައްކަތް ހިނގަމުންދާގޮތްވެސް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.
އަދި މިނިސްޓަރ ވަނީ ރ. ހުޅުދުއްފާރު ކައުންސިލްގެ އިސްވެރިންނާއި ރ.އަތޮޅު ކައުންސިލްގެ އިސްވެރިންނާއި އަދި ރ.ވާދޫ ކައުންސިލްގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް